ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އޭޝިއާ އިނީޝިއޭޓިވްގެ އަހަރީ ބައްދަލުވުން ރާއްޖޭގައި
އޭޝިއާ އިނީޝިއޭޓިވްގެ އަހަރީ ބައްދަލުވުން ރާއްޖޭގައި
އޭޝިއާ އިނީޝިއޭޓިވްގެ އަށް ވަނަ އަހަރީ ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވައިފި އެވެ.
Advertisement

ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޯ ޓެކްސް ޕާޕަސެސް ގެ ފަރާތުން ބާއްވާ އޭޝިއާ އިނީޝިއޭޓިވްގެ 8 ވަނަ އަހަރީ ބައްދަލުވުން ދިވެހިރާއްޖޭގެ ވިލާ ނޯޓިކާ (ޕެރެޑައިސް އައިލެންޑް ރިޒޯޓް)ގައި ފެށީ މިއަދުއެވެ. 

މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރެވެ. މިނިސްޓަރުގެ ވަހާކަފުޅުގައި، މި ބައްދަލުވުން އިންތިޒާމުކުރުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ކުރެއްވި މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކެރިފޯރުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އާމްދަނީ އިތުރުކުރުމަށްޓަކައި، ޓެކުހާގުޅޭ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިއީ ޤައުމުގެ އާމްދަނީ އިތުރުކުރުމަށާއި ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޢުލީމާއި ސިއްހަތުގެ ދާއިރާ ފަދަ މުހިންމު ކަންކަމަށް ފައިސާ ހޯދުމަށްޓަކައި ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ކުރާ މަސައްކަތައް އެއްބާރުލުން ދިނުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމަކީ، ކޮމިޝަނަރަ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޙަސަން ޒަރީރު، އޭޝިއާ އިނީޝިއޭޓިވްގެ ކޯ ޗެއާކަމަށް ހޮވިވަޑައިގެންފަހުން، ބާއްވާ ފުރަތަމަ ބައްދަލުވުމެވެ. މިނިސްޓަރުގެ އިތުރުން، އޭޝިއާ އިނިޝިއެޓިވްގެ ކޯ ޗެއަރ އެޑްވަރޑް ހަކޯބައިން، ހެޑް އޮފް ގްލޯބަލް ފޯރަމް ސެކްރެޓޭރިއަޓް ޒައިދާ މަންނަޓާގެ އިތުރުން، މެންބަރު ގައުމުތަކުގެ އިސްވެރިން، މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އެވެ.  

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޙަސަން ޒަރީރު ބައްދަލުވުމުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަދައްކަވަމުން ވިދާޅުވީ، އޭޝިއާ އިނިޝިއޭޓިވްގެ ކޯ ޗެއަރގެ ހައިސިއްޔަތުން، މި ފަދަ ބައިނަލްއަޤުވާމީ ބައްދަލުވުމެއް ބޭއްވުމުގެ ފުރުސަތު މީރާއަށް ލިބުނީތީ އެކަން އުފަލާއެކު ފާހަގަކުރާކަމަށެވެ. އަދި މިފަދަ މުހިއްމު ބައްދަލުވުމެއް ބޭއްވުމަކީ ބައިނަލްއަޤުވާމީ ޓެކުހުގެ މައިދާނުގައި ދެފުށް ފެންނަ ސިޔާސަތުތައް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި މީރާގެ ބައިވެރިވުން ހާމަކޮށްދޭކަމެއް ކަމާއި، ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި މީރާ ކުރިއަރައިފައިވާ މިންވަރު ހާމަކޮށްދޭކަމެއްކަމަށް ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ. އަދި ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްސް އިދާރާތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. 

މި ގޮތުން އޭޝިއާއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އޮތޯރިޓީތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، އެކި ގައުމުތަކުގެ ތަޖުރިބާތަކުގެ އަލީގައި، ޓެކްސް ނެގުމުގެ ނިޒާމްތައް ހަރުދަނާކުރުމަށް ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޯފް އިންފޯމޭޝަން ފޯ ޓެކްސް ޕާޕަސެސް އިން ކުރަމުންގެންދާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ.

މި ހަފްލާގައި ދިވެހިރާއްޖެ ހިމެނޭހެން 17 ގައުމަކުން ބައިވެރިވެފައިވާއިރު، މި ގައުމުތަކުގެ ޓެކުހާއި ބެހޭ މާހިރުންވެސް ބައިވެރިވެ ވާހަކަފުޅުދައްކަވައިފައިވެއެވެ. މި ގޮތުން، ހެޑް އޮފް ގްލޯބަލް ފޯރަމް ސެކްރެޓްރިއޭޓް ޒައިދާ މަންނަޓާ ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުވުމުގެ ތައްޔާރީތައް މީރާއިން ވަރަށް ފުރިހަމަޔަށް އިންތިޒާމުކޮއްދެއްވައި ބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ބެހެއްޓެވި މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.

އޭޝިއާ އިނީޝިއޭޓިވް އަކީ އޭޝިޔާއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ އަހަރީ ބައްދަލުވުމެކެވެ. މިއީ މި ބައްދަލުވުން ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަފަހަރެވެ. މީރާގެ ފަރާތުން ރާވައި އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ބައްދަލުވުން ކުރިއަށް ދާނީ މޭ މަހުގެ 26 އިން 28 އަށް ވިލާ ނޯޓިކާ ރިޒޯޓުގައެވެ. 

މި ބައްދަލުވުމުގައި 11 މެންބަރު ގައުމަކުން، 38 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން އޮބަޒާރވަސްގެ ގޮތުގައި 3 ގައުމަކުން ބައިވެރިވިއެވެ. އަދި، އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކާއި، ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް އަދި، ސްޓަޑީ ގްރޫޕް އޮން އޭޝިއާ ޕެސިފިކް ޓެކްސް އެޑްމިނިސްޓްރޭޝަން އެން ރިސާރޗް (ސްގާރޓާ)ގެ މެންބަރުންވެސް ބައިވެރިވެފައިވެ އެވެ.

މި ބައްދަލުވުމުގެ އެކިއެކި އިންތިޒާމުތައް ހަމަޖެއްސުމުގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)، މޯލްޑިވްސް ޕޮލިސް ސަރވިސަސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)، ހުރާ ކައުންސިލް، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް( އޭ.ޑީ.ބީ)، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، އަދި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު)ގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަމަށް މީރާއިން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް