ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
އަލަށް އެކުލަވާލި ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޒަކާތުގެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އެ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މިއީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ޒަކާތް ނެގުމާއި ބެހުމުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން އެ ކަންކަން ބެލެހެއްޓުމަށްޓަކައި އެކުލަވައިލި މުހިންމު ގާނޫނެކެވެ.
Advertisement

މި ގާނޫނުގެ ދަށުން ޒަކާތާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ރައީސްއެވެ.

މި އާ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިވާ މީހުންގެ އިތުރުން، ރާއްޖެއިން ބޭރުގައި އުޅުނު ނަމަވެސް ރާއްޖޭގައި މުދާ ހުރި ކޮންމެ މީހެއްގެ މައްޗަށް ޒަކާތް ދެއްކުން ލާޒިމުވާނެއެވެ. 

ޒަކާތުގެ ކަންކަން ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށްޓަކައި، ގާނޫނަށް އަމަލުކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ހާއްސަ ކައުންސިލެއް އުފައްދަން ޖެހެއެވެ.

މި ކައުންސިލުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ދީނީ އަދި މާލީ ދާއިރާގެ ބޭފުޅުން ހިމެނިވަޑައިގަންނަވާނެއެވެ.

ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މި ގާނޫނުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅައިފައެވެ. 

އެގޮތުން ޒަކާތުގެ ބެހެނިވެރިން ނޫން ބަޔަކަށް ފައިސާ ދޫކުރުމާއި، ހުއްދަ ނުކުރާ ކަންކަމުގައި އެ ފައިސާ އިންވެސްޓްކޮށްފި ނަމަ އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

 މިފަދަ ކަމެއް ކޮށްފި ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި 1,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މި ގާނޫނުން ވަނީ ދީފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް