ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ލ. މުންޑޫ ސްކޫލު
ވަޒީފާއަށް ހާޒިރު ނުވާ ޓީޗަރަކަށް މުސާރަ ދިން މައްސަލައެއް
ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި 28،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދިން މައްސަލައެއްގައި ދައުވާ ކުރަން, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
Advertisement

މި މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮޕީހަށް ދައުވާކޮށް ދޭން އެދި ހުށަހެޅީ ލ. މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ މަގާމުގައި ކުރިން ހުންނެވި މުންޑޭ، ހިޔާވަހި، އަލީ އާދަމްގެ މައްޗަށެވެ.

މުންޑޫ ސްކޫލުގެ ޓީޗަރަކު ވަޒީފާއަށް ހާޒިރުނުވެ ސިވިލް ސާވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާ އިން ވަކިނުކޮށް، 2015 ގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހާޒިރު ނުވާ ޓީޗަރު ހިމަނައި، ހުއްދަދި ން ފަރާތެއްގެ ހައިސިއްޔަތުން އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ މައްސަލާގައި އަލީ އާދަމްގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

އެ މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ. އެ ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ މުންޑޫ ސްކޫލަށް އަންގައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް