ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެޗްއާރު ސީއެމްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިން
ފްލެޓާ ގުޅޭ ލިޔެކިޔުން ނުދީ، އެޗްއާރުސީއެމް ގާނޫނާ ހިލާފުވެއްޖެ: އައިކޮމް
ފްލެޓާ ގުޅޭ ލިޔެކިޔުންތައް ފޯރުކޮށް ނުދީގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގާނޫނާ ހިލާފުވެއްޖެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅައިފިއެވެ.
Advertisement

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ހައްގު ހޯދައިދިނުމަށް އެޗްއާރުސީއެމްއިން ކުރި މަސައްކަތްތަކާ ގުޅޭ ލިޔެކިޔުންތައް ހޯދަން އެދުމުން، އެ މައުލޫމާތު ނުދިނުމުގެ އިތުރުން، އެ މައުލޫމާތު ހުރިކަން ނުވަތަ ނެތްކަން ވެސް ބުނެފައިނުވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 24 އޭޕްރީލްގައި ނިންމި ނިންމުމުގައި ބުނެފައިވެއެވެ. މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ނ) އާ ހިލާފު ކަމެއް ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެޗްއާރުސީއެމް އަށް އެ ލިޔެކިޔުންތައް ހުރިކަން ނުވަތަ ނެތްކަން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގުމަށް އަންގާފައެވެ. ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް އުފައްދާފައިވާ ދައުލަތުގެ މުއައްސަސާތަކުން ގާނޫނާ ހިލާފުވަމުންދާ މިފަދަ މައްސަލަތައް އިތުރުވަމުންދާއިރު، ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް ހީނަރުވަމުންދާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް