
މިހެންވުމާއެކު، ދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް މެޓް އިން އަންގާފައިވެއެވެ.
މެޓް އިން ނެރުނު ބަޔާނެއްގައި، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށް ބުންޏެވެ. އަދި މީގެ އިތުރުން އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް، ގުގުރުންވެސް އެކަށީގެންވާކަމަށް ވަނީ ބުނެފައެވެ.
ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށް އަމާޒުކޮށް މެޓުން ދީފައިވާ އިންޒާރުގައި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ، ދަތުރުފަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.