
މި ހާދިސާ ހިނގާފައިވަނީ ވިއެޓްނާމްގެ ވެރިރަށް ހަނޮއީއަށް އެ ދެމަފިރިން ކުރި ރަސްމީ ދަތުރެއްގައި، ރައީސް މެކްރޯން ރިޔާސީ މަތިންދާބޯޓުން ފައިބަމުންދިޔަ ވަގުތުއެވެ.
އެންޑީޓީވީ ވޯލްޑުން ހިއްސާކޮށްފައިވާ މި ވީޑިއޯގައިވާ ގޮތުން، ރައީސް މެކްރޯން މަތިންދާބޯޓުން ބޭރަށް ނިކުތުމުން، ފަސްޓް ލޭޑީ ބްރިޖެޓް މެކްރޯން ރައީސްގެ މޫނުގައި ހިފާފައިވެއެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރުމާއެކު، ގިނަ ބައެއްގެ ސަމާލުކަން ލިބި، ތަފާތު ކޮމެންޓްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ރައީސް މެކްރޯންއާއި އޭނާގެ އަނބިކަނބަލުން ވިއެޓްނާމަށް ކުރި މި ދަތުރަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރި ރަސްމީ ދަތުރެކެވެ. ނަމަވެސް ފަސްޓް ލޭޑީގެ މި ހަރަކާތުން ދަތުރުގެ ބޭނުމަށްވުރެ ގިނައިން ސޯޝަލް މީޑިއާއަށް ބޮޑަށް ސަމާލުކަން އައީ ހާދިސާއެވެ.
މިހާތަނަށް މި ހާދިސާއާ ގުޅޭގޮތުން ފްރާންސްގެ ސަރުކާރުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.