ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރާއްޖެ-އިންޑިއާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން. -- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ-އިންޑިއާ ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން ބާއްވައިފި
ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތް ތަނުގައި ބައްޓަންކުރާނެ ގޮތުގެ އާ ތަސައްވަރު ތަންފީޒުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ކުރިއަށް ގެންދަން ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ދެވަނަ ބައްދަލުވުމުގައި ނިންމައިފި އެވެ.
Advertisement

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް އެވެ.

މި ބައްދަލުވުންތަކަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ދެމެދު އެކުލަވާލެވުނު ތަސައްވަރު، "އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަޝިޕް"ގެ ތެރެއިން އުފެދިފައިވާ އަދި މި ތަސައްވަރުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެކެވެ.

މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ގައި މާލޭގަ އެވެ.

މިއަދު ބޭއްވި ހައިލެވަލް ކޯ ގުރޫޕް ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި މިނިސްޓްރީތައް ހިމެނޭ އިސް ވަފުދެއް ބައިވެރިވި އެވެ. އެގޮތުން ރައީސް އޮފީހާއި އެ މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ އިސްވެރިން ވެސް ރާއްޖޭގެ ވަފްދުގައި ހިމެނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަސްކޮޅު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް، ދެ ސަރުކާރުން ވެސް މަތީ ފަންތީގެ ބައްދަލުވުންތަކާއި ދަތުރުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތްތަކުން އެ ގުޅުން މިހާރު ވަނީ އަލުން އިޔާދަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް