ފުލުހުން މިރޭ ބުނީ، ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު ކުއްޖާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ އެ އަތޮޅު ވޭމަންޑޫ ސިއްހީ މަރުކަޒުގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.