
މިގޮތަށް ކޯޓުން ނިންމީ އެމްއެންޑީއެފުން ދިން މައުލޫމާތަށް ބިނާކޮށެވެ.
މާވަށު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު ހުކުމުގައި ބުނެފައިވަނީ މުޝްފިގު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކަމަށް އެމްއެންޑީއެފުން ބުނެފައިވާތީ، މުޝްފިގަކީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމަކީ މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ނުފެންނަ ކަމަށެވެ.
ހޮޅުދޫ ބޯޓުގައި ރޯވުން
މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވޭތޯ ސާފުކުރަން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެމްއެންޑީއެފަށް ސިޓީ ފޮނުވުމުން، އެ މަސައްކަތް ހުއްޓާނުލާ ކަމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އެމްއެންޑީއެފުން ޖަވާބުދީފައިވެއެވެ.
އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު
ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުން އައި 25 އަހަރުގެ މުޝްފިގު، ބޯޓުގައި އަލިފާން ރޯވުމުން މޫދަށް ފުންމާލި 18 މީހުންގެ ތެރެއިން ހަމައެކަނި ސަލާމަތްނުވީ އޭނާއެވެ.
ހޮޅުދޫ ބޯޓުގައި އަލިފާން ހިފައިގެން ސިފައިން އާންމުކުރި ވޯޑިއޯގެ މަންޒަރެއް
މުޝްފިގު ރަށަށް ދިޔައީ ރޯދަ މަހުގެ ފަހު 10 ގައި ލިބުނު ބަންދުގައި އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ފަތަން ނޭނގޭ މުޝްފިގު މޫދަށް ފުންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކޮއްކޮގެ އަތުން ދޫވެ ގެއްލުނީއެވެ. މުޝްފިގުގެ އާއިލާއިން މަރު ސާބިތުކުރުމަށް ކޯޓަށް ހުށަހެޅީ ގައިބުގައި ކަށުނަމާދު ކުރެވޭނީ އެ މީހެއްގެ މަރާ މެދު ކޯޓުން ގޮތެއް ކަނޑައެޅުމުން ކަމަށް ދީނީ އިލްމުވެރިން ބުނުމުންނެވެ.