ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކޮވިޑް ދުވަސްވަރު
ރާއްޖޭގައި އިންފުލުއެންޒާ ކޭސްތައް ފަސް ގުނައަށް އިތުރުވެއްޖެ
ރާއްޖޭގައި އިންފުލުއެންޒާ ކޭސްތައް ފަސް ގުނައަށް އިތުރުވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

އޭޕްރީލް 6 އިން މެއި 17 އާ ދެމެދު، މިދިޔަ އަހަރު ރިޕޯޓްކުރެވުނު 50 ކޭސްއާ އަޅާބަލާއިރު، މިއަހަރު 254 ކޭސް ރިޕޯޓްކުރެވިފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. މިއަހަރުގެ އެ މުއްދަތުގައި 43،882 ކޭސް ރިޕޯޓްކުރެވިފައިވާއިރު، މިދިޔަ އަހަރު ރިޕޯޓްކުރެވިފައިވަނީ 36،048 ކޭސްއެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަރިދަފުސް ރޯގާ ޖެހޭ މީހުން އިތުރުވެފައިވާއިރު، ކޮވިޑް އަދި އިންފުލުއެންޒާ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރެވެނީ މާލެ ސަރަހައްދުންކަމަށެވެ.

މި މުއްދަތުގައި ކޮވިޑް ކޭސްތަކުގައި މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިއަހަރު 37 ކޭސް ރިޕޯޓްކުރެވިފައިވާއިރު، މިދިޔަ އަހަރު 38 ކޭސް ރިޕޯޓްކުރެވުނެވެ. 

އެޗްޕީއޭއިން ވަނީ މިފަދަ ރޯގާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ސަމާލުކަން ދިނުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުން، ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ ދަށްވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް