
މި ވާހަކަތައް ފޮރިން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކާއާއެކު ނިއު ދިއްލީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައިކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބައްދަލުވުމުގައި ޑރ. ހަލީލް ވަނީ ޕަހަލްގާމްގައި އޭޕްރިލް 22 ވަނަ ދުވަހު ހިންގުނު ޓެރަރިސްޓް ހަމަލާ ވަރަށް ހަރުކަށިކޮށް ކުށްވެރިކުރައްވާފައެވެ. މި ހަމަލާގައި 26 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އިމަޖެންސީ ފައިނޭންޝަލް އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ސިޔާސީ އަދި ތަރައްގީގެ އެއްބާރުލުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ވިޝަން ޑޮކިއުމެންޓް ވަނީ ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރ 7 ވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ތައާރަފުކުރެވިފައެވެ.