
މިގޮތުން 2017 ވަނަ އަހަރު ހުޅުވުނު މި ރިސޯޓަކީ ޕްރިމިއާ ލީގް ކުޅުންތެރިންނާއި ދުނިޔޭގެ އެހެނިހެން ކުޅިވަރުތަކުގެ ތަރިތަކުގެ މެދުގައި އެންމެ މަގުބޫލު ރިސޯޓުތަކުގެ ތެރެއިން ރިސޯޓަކަށް ވެފައިވެއެވެ.
މެންޗެސްޓާ ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑަރސަން 2023 ވަނަ އަހަރު ޓްރެބަލް ކާމިޔާބުކުރުމަށްފަހު ކަޑިންމާގައި ޗުއްޓީ ހޭދަކުރިއެވެ. މީގެ އިތުރުން ލިވަރޕޫލް ޑިފެންޑަރ ޖޯ ގޮމެޒް، ޗެލްސީގެ މާކް ކުކުރެއްލާ، ކުރީގެ ލިވަރޕޫލް ތަރި ޑެނިއަލް އެގަރ އަދި ކުރީގެ މެންޗެސްޓާ ޔުނައިޓެޑް ކުޅުންތެރި ވެސް ބްރައުން ފަދަ ތަރިތައްވެސް މި ރިސޯޓަށް ޒިޔާރަތްކޮށްފައިވެއެވެ. ކުރިކެޓް ކުޅުންތެރި މުހައްމަދު ޝަމީ، ފުޓްސަލް ޗެމްޕިއަން ރިކާޑިނޯ އަދި ބްރިޓިޝް ފުޓްބޯޅަ ފްރީސްޓައިލް ޗެމްޕިއަން ލިއާ ލުއިސްވެސް ވަނީ ކަޑިންމާގައި ޗުއްޓީ ހޭދަކޮށްފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކްލަބްވެސް އެތަނުގައި ހުރެއެވެ.