ads
ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު ޝާހިދު (ޝާޑު) - ފޮޓޯ/ ޕީއެންސީ
ވަޒީރުންގެ ގާބިލުކަމެއް ނެތް ކަމަށްބުނާ ވާހަކައަށް ޝާހިދުގެ ރައްދު
މި ސަރުކާރުގެ ވަޒީރުންގެ ގާބިލުކަމެއް ނެތް ކަމަށްބުނާ ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު(ޝާޑު) ރައްދު ދެއްވައިފި އެވެ.
Advertisement

ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ޝާޑު ރޭ ވިދާޅުވީ މިހާރު ތިބި ވަޒީރުންގެ ގައިގައި ނެތް ކޮލިޓީއެއް ނެތް ކަމަށެވެ. ވަޒީރުކަން ކުރެވެނީ ވަކި ރަށަކުން ވަކި ނަސަބަކުން އަންނަ ބަޔަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުލިބޭނެ. ދުނިޔޭގެ އެއްވެސް ގައުމަކުން ނުލިބޭނެ މިހާ ފެންވަރު ރަނގަޅު. މިހާ އިހުލާސްތެރި. މިހާ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ. މިހާ ހިތްވަރުގަދަ ވަޒީރު ބޭފުޅުންނެއް،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ވަޒީރުންނަކީ ވަކި ރަށަކުން، ވަކި ނަސަބަކުން އަންނަން ޖެހޭ ބަޔެއް ނޫން ކަމަށެވެ. އެއީ މާކުރީގެ ކަމެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ވަޒީރުކަން ކުރެވޭނީ ވަކި އާއިލާއަކަށް ނިސްބަތްވެގެން ނޫން ކަމަށެވެ.

މިސާލެއްގެ ގޮތުން، ޝާހިދު ފާހަގަކުރެއްވީ މިހާރުގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

އެގޮތުން، ކުރީ ސަރުކާރުގައި ވެސް ވަރުގަދަ މިނިސްޓްރީތަކެއް ހިންގެވި އާދަމް ޝަރީފް ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ވެސް ހިދުމަތުގައި ހުންނެވިކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގާބިލުކަމާމެދު އިދިކޮޅުން ފުރަތަމަ ދުވަހުން ފެށިގެން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް ވަޒީރުންގެ އިތުބާރުނެތް މައްސަލަތައް ވެސް ވަނީ މަޖިލީހަށް ވައްދާފައި އެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ބޮޑު މެޖޯރިޓީން ކޮންޓްރޯލް ކުރާ މަޖިލީހުން އަންނަނީ ވަޒީރުން ދިފާއު ކުރަމުން ނެވެ.

your imageރައީސް ޑރ. މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސަރުކާރާއި ރައްޔިތުން ޖައްސައި، ފިތުނަފަސާދަ އުފެއްދުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިސްނަންގަވައި، ރައްޔިތުންނަށް ލުއިވާނެ ގޮތަށް މި ސަރުކާރުން ކޮށްދެމުން އަންނަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ނަފުތަރު އުފައްދަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމަށް ވެސް ޝާޑު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް