ads
ބާސެލޯސް ނަސަންދުރައިގައި އޮތް ބީއެމްއެލްގެ އޭޖީއެމްގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
ހިއްސާއަކަށް 55ރ. ބަހަން ބީއެމްއެލް އިން ނިންމައިފި
ބީއެމްއެލް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
Advertisement

ބާސެލޯ ނަސަންދުރަގެ އިވެންޓް ހޯލްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، 32 ބިލިއަން ރުފިޔާއަށް ޑިޕޮސިޓް އިތުރުވިއިރު، ދޫކޮށްފައިވާ ލޯނުގެ އަދަދު 21.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ހިއްސާދާރުންގެ ރުހުމާ އެކު އެގޮތަށް ފާސްކުރީ ބާސެލޯ ނަސަންދުރާގެ އިވެންޓް ހޯލްގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 296 މިލިއަން ރުފިޔާ ބަހަން ނިންމީ ހިއްސާއަކަށް 55ރ.ގެ މަގުންނެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ 50ރ. އެވެ.

ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލައަށްވުރެ ގިނައިން، ޖުމްލަ ލޯނުގެ %51 ލޯނު ބީއެމްއެލުން ދޫކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ތެރެއިން ވެސް، މިދިޔަ އަހަރު ބޭންކުން ވަނީ 643 މިލިއަން ރުފިޔާގެ ޓެކްސް ދެއްކުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ހޯދާފައި،" ޝަރީފް ވިދާޅުވި އެވެ.

މިއީ އޭގެ ކުރީ އަހަރަށްވުރެ އަށް ޕަސެންޓު އިތުރު އަދަދެއް ކަމަށާއި، ބޭންކުގެ ބެލެންސް ޝީޓަށް 2.8 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބި، އަހަރު ނިމުނު އިރު ޖުމްލަ އެސެޓްތައް ހުރީ 48.4 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ބޭންކުން މިދިޔަ އަހަރު އާއްމުންނާއި ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކުރި އެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފަހައްޓާފައިވެ އެވެ.

މިރޭގެ ޖަލްސާގައި ބީއެމްއެލްގެ މިއަހަރުގެ އޮޑިޓަރަކަށް ކަނޑައެޅީ އާނަސްޓް އެންޑް ޔަންގް އެވެ. އެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 1.7 މިލިއަން ރުފިޔާ އެވެ.

މިރޭގެ ޖަލްސާގައި، މި އަހަރަށް ބޭންކުގެ އޮޑިޓަރެއްގެ ގޮތުގައި އާންސްޓް އެންޑް ޔަންގް ވަނީ ހަމަޖައްސައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް