ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކަނޑޫދޫ ސްކޫލުގައި ޗިލްޑްރެންސްޑޭ ފާހަގަކުރުން: ފޮޓޯ ކަނޑޫދޫ ސްކޫލް
ދަރިވަރަކަށް އަނިޔާކުރި ޓީޗަރު ކޯޓަށް ނުގެންގޮސް ދޫކޮށްލައިފި
ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިއްޔެއްގައި ހިފައި އަނބުރާލި ގޮތަށް އެ ކުއްޖާގެ އިނގިލި ހުޅުން ނައްޓާލި އިންޑިއާ ޓީޗަރުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ނުގެންގޮސް ދޫކޮށްލައިފައެވެ.
Advertisement

ފުލުހުން ބުނީ އެ ޓީޗަރު ދޫކޮށްލީ ހައްޔަރު ކުރިތާ 24 ގަޑިއިރުވުމުން އިއްޔެ ހެނދުނު ކަމަށެވެ. އަދި ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނަގާފައި ކަމަށާއި، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ނެގުމަށްފަހު ތަހުގީގަށް އެއްބާރުލުން ލިބޭތީ ބަންދުން ދޫކޮށްލީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ޓީޗަރު ހައްޔަރު ކުރީ އަންގާރަ ދުވަހުގެ ހެނދުނުގައެވެ. ކުއްޖާގެ އާއިލާއިން ބުނެފައިވަނީ އިނގިލި އަނބުރާލުމުގެ ސަބަބުން ކުއްޖާގެ ހުޅު މަތިން ކަށިގަނޑުގައި ރެނދު ލާފައިވާ ކަމަށެވެ. އަދި ކުއްޖާގެ ބައްޕަ ބުނެފައިވަނީ އޭނާގެ ދަރިފުޅުގެ އިނގިލީގެ ހުޅު މަތިން ރެނދު ވެސް ލާފައިވާ ކަމަށާއި، އެއީ އިނގިލި އަނބުރާލިއިރު، ވީ އަނިޔާއެއް ކަމެއް ނުވަތަ ހުޅު އެޅުވިއިރު ވީ އަނިޔާއެއް ކަމެއް ނޭނގޭ ކަމަށެވެ.

އާއިލާއިން ތުހުމަތު ކުރިގޮތުގައި ޓީޗަރު ދަރިވަރުގެ އިނގިލީގެ ހުޅު ނައްޓައިލުމަށްފަހު ފަރުވާ ދޭން ގެންދިޔުމުގެ ބަދަލުގައި ޓީޗަރު އަމިއްލައަށް އެ ކުއްޖާގެ އިނގިލީގެ ހުޅު އެޅުވިއެވެ. އަދި އެ ކުއްޖާއަށް އަނިޔާކުރި ވާހަކަ ސްކޫލުގެ މެނޭޖުމެންޓަށް ނާންގައި ފިލައިގެން އެހެން ގެއަކަށް ގޮސް، އެ ދުވަހުގެ ހަވީރު އެ ރަށް ދޫކޮށް އެ އަތޮޅު އޮމަދޫއަށް ޓީޗަރު ދިޔަ ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް