ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިދިޔަ ފިތުރު އީދު ހަރަކާތްތަކުގެ ތެރެއިން:
އީދާ ދިމާކޮށް ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގަން ފަށައިފި
އީދާ ދިމާކޮށް ގިނަ ބަޔަކު އެކި ޕްލެޓްފޯމްތަކުން ސާމާނު ގަންނަމުންދާ ދަނޑިވަޅެއްގައި ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގަން ފަށައިފި އެވެ.
Advertisement

ޕޯސްޓް އޮފީހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ އެއްވެސް ހާލެއްގައި ޑެލިވަރީ އެޑްރެސް ހޯދުމަށް ކަސްޓަމަރުންނަށް މެސެޖު ނުކުރާނެ ކަމަށް ބުނެފަ އެވެ.

ޕޯސްޓް އޮފީހުން ވަނީ މި މެސެޖުތަކަކީ ފޭކް މެސެޖުތަކެއް ކަމަށް ވާތީ ހުރިހާ ކަސްޓަމަރުން ވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށް ސަމާލުވުމަށާއި ލިންކްތަކަށް ނުފިތުމަށް ވެސް އެދިފައިވެ އެވެ.

ޕޯސްޓުގެ ނަމުގައި ފޮނުވާ މެސެޖުތަކުގައި ވަނީ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތްކޮށްފައިވާ ނަމަވެސް ނުބައި އެޑްރެހެއް ދީފައި އޮތުމުން ޑެލިވަރީ ނުކުރެވުނު ކަމަށް ބުނެފަ އެވެ. މީގެ އިތުރުން މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި ލިންކެއްވެސް ހިމަނައިފައިވާއިރު، އެ ވަގުތުގެ ތެރޭގައި އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ނަގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ނަމުގައި މިފަދަ ލިންކްތައް ފޮނުވައިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް