ސަރުކާރުގެ މި ނިންމުން އިއުލާންކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުރިއަށްދާ ރަސްމިއްޔާތުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އައިނު ހެއްދުމަށް ޓަކައި އާސަންދައިން 2000ރ. ދޭން ފަށާނީ އަންނަ މަހުން ފެށިގެންނެވެ.
އެކަމުގެ އިތުރުން ވެސް ކުރަން ހުރިކަންކަން ކޮށްދެމުން އަންނަ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނަމްބަރު އައިނު ހައްދަން ޖެހޭ މީހުންނަށް އާސައިންދައިން ލިބޭ 1،000 ރުފިޔާގެ އިތުރުން ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.