
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި މަސައްކަތަކީ ތ. ކިނބިދޫ ވޭމަންޑޫ ލިންކް ތަރައްގީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒްމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ގައުމީ މަޝްރޫއެއްކަމަށެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންނެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ހަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެކަމަށް މިނިސްޓްރީން ބުނެއެވެ. ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެކަމަށް ފިނޭންސް އިން ބުނެއެވެ.
މި މަޝްރޫއު ހިންގަން އެދޭ ފަރާތްތަކަށް ހަތަރު ގޮތަކަށް ޕްރޮޕޯޒަލް ހުށައެޅިދާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މަޝްރޫއު ހިންގަން ހުށައެޅޭ ތިން ގޮތް
- ހިއްކުމާ ، އިމާރާތް ކުރުމާއި އެކު އެއްކޮށް މުޅި މަޝްރޫއު ހިންގުން
- ބިން ނުހިއްކާ ހަމައެކަނި އިމާރާތްތައް ހެދުން
- ހައިބުރިޑް މޮޑެލް
- އޮޕަރޭޝަނަލް މެނޭޖްމަންޓް އޮޕްޝަން، އެތަނުގެ ބައެއް ހިންގުން
ފިނޭންސް މިނިސްޓްރީް ބުނީ ފުލް ޑިވެލޮޕްމަންޓް މޮޑެލް، ހިއްކުމާ ، އިމާރާތް ކުރުމާއި އެކު އެއްކޮށް މުޅި މަޝްރޫއު ހިންގާ ފަރާތަކަށް ލިބެން ހުރި ފަޅުތަކުގެ ލިސްޓު ފަހުން ހިއްސާ ކުރާހެކަމަށެވެ.
ތ. ކިނބިދޫ ވޭމަންޑޫ ލިންކް ތަރައްޤީ ކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒްމް އައިލެންޑެއްގެ ގޮތުގައި ތ. އެލާ ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި.) ހުށަހެޅުމުގެ ދައުވަތު ހުޅުވާލާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 30 ވަނަދުވަހުގެ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
މަޝްރޫއުގެ ބައެއް ތަފްސީލު
- ކޯޒްވޭ އަކުން ކިނބިދޫ ، އެލާ އަދި ވޭމަންޑޫ ގުޅުވާލުން
- ކޯޒްވޭގެ ދިގުމިން 3.2 ކިލޯ މީޓަރު
- ކޯޒްވޭއާ ގުޅޭ ކިނބިދޫ އާއި ވޭމަންޑޫގެ މަގުތައް ހެދުން
- ގޮނޑުދޮށް ހިމާޔަތް ކުރުން
- އެލާ ފަތުރުވެރިކަމުގެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރުން.
- އެލާގެ އެތެރޭގެ މަގުތައް ހެދުން
ތ. އެލާ ތަރައްގީ ކުރާނީ ރަށުގެ ގުދުރަތީ ސިފަ ހިމާޔަތްކޮށް، ރިސޯޓް ސްޓައިލަށް ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗާ އަށް ޖާގަ ލިބޭ ގޮތަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.