ads
މޯލްޑިވްސް ޕޯސްޓްގެ މައި އޮފީސް -- ފޮޓޯ: ޕޯސްޓް
ޕާރުސަލްތައް އަވަސްކުރަން ޕޯސްޓް އޮފީހަށް 49 މުވައްޒަފުން ހޯދަނީ
ޕާރުސަލްތައް އަވަސްކުރަން ޕޯސްޓް އޮފީހަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
Advertisement

ޕޯސްޓް އޮފީހަށް މީހުން ހޯދަން އިއުލާންކޮށްފައި މިވަނީ މިހާރު ދިވެހިން ގިނަ އަދަދަކަށް ވިޔަފާރިކުރަމުން އަންނަ ޓޭމޫގެ ޕާރުސަލްތައް ލިބުމުގައި ލަސްވަމުން އަންނަތީ އެކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައި ވަނިކޮށެވެ. 

ޕޯސްޓް އޮފީހުން ވަނީ 49 މުވައްޒަފަކު ހޯދަން އިއުލާކޮށްފައެވެ. 

 މުވައްޒަފުން ހޯދާ މަގާމުތައް 

  • އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރު (15 މީހުން )
  • މޭލް ކްލިއަރަންސް އޮފިސަރުން (20 މީހުން )
  • އެސިސްޓެންޓް ސޭލްސް އޮފިސަރުން - ހުޅުމާލެ ޕޯސްޓް (14 މީހުން )

މި މަގާމުތަކަށް ހޮވެ ފަރާތްތަކުގެ ތެރެއިން މޭލް ކްލިއަރަންސް އޮފިސަރުންގެ މުސާރައަކީ މަހަކު 6000 ރުފިޔާއެވެ. މީގެއިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު -/3000 ރުފިޔާ، ޑެއިލީ އެލަވަންސް: ދުވާލަކަށް -/120 ރުފިޔާ ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.

އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރުން އަދި އެސިސްޓެންޓް ސޭލްސް އޮފިސަރުންގެ މަގާމުތަކަށް ހޮވޭ ފަރާތްތަކުގެ މުސާރައަކީ މަހަކު 5700 ރުފިޔާއެވެ. މީގެއިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު -/2600 ރުފިޔާ، ޑެއިލީ އެލަވަންސް: ދުވާލަކަށް -/120 ރުފިޔާ ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ.

މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރުމަށް ޕޯސްޓް އޮފީހުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. 

ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެކަމަށާއި ވަގުތު ހަމަވުމަށްފަހު  ލިބޭ އެޕްލިކޭޝަން ބަލައިނުގަންނާކެމަށްވެސް ޕޯސްޓޯ އޮފީހުން ބުނެއެވެ. 

42%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް