ads
މ. މުލި
ރަތްމަންދޫ މީހުންނަށް މުލިން ގޯތި ދޭން ނިންމައިފި
މ. ރަތްމަންދޫ މީހުންނަށް، އެ އަތޮޅު، އަތޮޅުވެރިކަން ކުރާ މުލިން ގޯތި ދޭން ނިންމައިފިއެވެ.
Advertisement

މުލީ ކައުންސިލުން، އެ އަތޮޅު ރަތްމަންދޫ މީހުންނަށް ގޯތި ދޭން ނިންމީ، ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށުގެ ގިނަ ބަޔަކު ރައީސްއަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ. ސަރުކާރުންވެސްވަނީ ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުމަށް ނިންމައި އެކަން އާއްމުކޮށްފައެވެ. އެހެންނަމަވެސް ރަތްމަންދޫ މީހުން ބަދަލު ކުރާނެ ވަކި ރަށެއް ސަރުކާރުން އަދި ކަނޑައަޅައި އާއްމުކޮށްފައެއް ނުވެއެވެ.

ރަތްމަންދޫ މީހުންނަށް މުލިން ގޯތިދޭން ނިންމިކަން މުލީ ކައުންސިލުންވަނީ ރަސްމީކޮށް ރަތްމަންދޫ ކައުންސިލަށް މިހާރު އަންގާފައެވެ. މުލީ ކައުންސިލުން ރަތްމަންދޫ މީހުންނަށް ގޯތި ދޭން ނިންމީ މިދިޔަ ހަފްތާތެރޭގައެވެ.  

މުލީ ކައުންސިލްގެ ރައީސް ޝަމްއޫނު ރަމީޒު ވިދާޅުވި ގޮތުގައި މުލީ ރައްޔިތުން މިހާރުވެސް ތިބީ ރަތްމަންދޫ ރައްޔިތުންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރަށެވެ. 

ޝަމްއޫން ވިދާޅުވި ގޮތުގައި ރަތްމަންދޫ މީހުންގެ ތެރެއިން މުއްޔަށް ބަދަލުވާން އެދޭ މީހުންނަށް މުލީގައި ދިރިއުޅެން ފެށުމަށް މުލިން ގޯތި ދިނުމުގެ އިތުރުން، ގޯތީގައި ގެދޮރު އިމާރާތް ކުރުމަށް ދެ ރަށުގެ ކައުންސިލާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ކުރިއަށް ދިޔުމުގައި އެހީތެރިވެދިނުމަށްވެސް ކައުންސިލުން އޮތީ ތައްޔާރަށެވެ.

އެނގިވަޑައިގަންނަވާނެ، މުއްޔަކީ މެދުރާއްޖޭތެރޭގައި މިހާރު ތަރައްގީގެ ހަބަކަށް ވެގެން އަންނަ މައި މަރުކަޒު. އެއާޕޯޓް މިހާރު ހުޅުވި، ރަށުގެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ފެށިފައިއެވަނީ، އަދި ސްކޫލާއި ބޭންކިން ހިދުމަތާއި އެހެނިހެން އަސާސީ ހިދުމަތްތަށް ބެލިޔަސް ރަތްމަންދޫ މީހުންނަށް އެންމެ ރަނގަޅު އެއް ރަށަކަށްވާނެ ޔަގީނުންވެސް މުލި. އަނެއްކާ މި ދެ ރަށަކީ އެއް އަތޮޅެއްގައި އޮތް، މާ ދުރު ނޫން ދެ ރަށްކަމަށްވުމުން މިއީ ރަތްމަންދޫ މީހުންނަށް ލިބޭނެ ފަހި ފުރުސަތުތަކެއް. އަޅުގަނޑުމެން މި ތިބީ ރަތްމަންދޫ މީހުންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރަށް.

ރަތްމަންދޫއަކީ މިހާރުވެސް މުއްޔާއި އެއް އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެކެވެ. ރަތްމަންދޫގެ އާބާދީއަކީ ގާތްގަނޑަކަށް 240 އެވެ.

30%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް