ads
ސުނީތާ އޭނާގެ ލޯބިވެރިއާއާއެކު
ސުނީތާ އެންގޭޖްވެއްޖެ - މިސްރު ޒުވާނަކާ ކައިވެނިކުރަނީ!
ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ މިސްރުގެ ޒުވާނަކާ އެންގޭޖްވެ، އެކަން ފާހަގަކުރުމަށް ނަގާފައިވާ ފޮޓޯތަކެއް އާންމުވެއްޖެއެވެ.
Advertisement

ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ސުނީތާ އޭނާއަށްވުރެ ހަގު މިސްރު ޒުވާނަކާ ކައިވެނިކުރަން ނިންމާފައިވެއެވެ.

ސުނީތާ އެންގޭޖްވެފައިވަނީ މީގެ ދެ ދުވަސް ކުރިން އޭނާގެ ބާތްޑޭގައި ކަމަށް ހަބަރުތަކުން ފާހަގަކުރެއެވެ. ސުނީތާ އޭނާގެ ލޯބިވެރިޔާއާއެކު ނަގާފައިވާ ފޮޓޯތަކެއް މިހާރު އާންމުވެފައިވާއިރު، އެ ފޮޓޯތަކަކީ އެންގޭޖްމަންޓުގެ ފޮޓޯތައް ކަމަށް ބެލެވެއެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ މަގުބޫލު އެއް ސެލެބްރިޓީއަކަށް ވެފައިވާ ސުނީތާއަކީ 29 އަހަރު ވަންދެން ނެށުމުގެ ދާއިރާގައި މަސައްކަތްކޮށް، އެތައް ދިވެހިންނެއްގެ ހިތްތައް ފަތަހަކޮށްފައިވާ ތަރިއެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ޝޯތައް ދީފައިވާ ސުނީތާ އަކީ ސޯލޯ ޕަފޯމަރެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

ސުނީތާ އަލީ އަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި ގިނަ ދުވަސްވީ ނެށުންތެރިންގެ ތެރެއިން އެކެކެވެ. އއ. އުކުޅަހަށް އުފަން ސުނީތާ، ވަރަށް ޒުވާން އުމުރުގައި މާލެ ބަދަލުވެ، ދައްތައެއްގެ ގާތުގައި އުޅެމުން ނެށުމުގެ ދުނިޔެއަށް ނުކުމެފައެވެ.

އުމުރުން 29 އަހަރުގެ ޕްރޮފެޝަނަލް ކެރިއަރެއްގައި ސުނީތާ ވަނީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ޕަރފޯމްކޮށް، އީދު ޝޯތަކާއި ހިތާމައިގެ ޝޯތަކުގައި ބައިވެރިވެފައެވެ. ސުނީތާގެ ކާމިޔާބީގެ ފަހަތުގައި އޮތް ސިއްރަކީ ޑިސިޕްލިން އަދި އާންމުންނާ އޮންނަ ގާތް ގުޅުން ކަމަށް އޭނާ ގަބޫލުކުރެއެވެ.

އެންމެ ފުރަތަމަ ސުނީތާ ރަށްރަށަށް ޕަރފޯމްކުރަން ދަމުން އައީ ވަރަށް ކުޑަ އަދަދެއްގެ ފައިސާއަށް - މަހަކު 200 ނުވަތަ 400 ރުފިޔާއަށެވެ. ނަމަވެސް މިއަދު ސުނީތާއަކީ ރާއްޖޭގެ އެންމެ ޑިމާންޑް ބޮޑު ޝޯ ޕަރފޯމަރުންގެ ތެރެއިން އެކެކެވެ.

ސުނީތާގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ އޭނާގެ އައިޑޮލް ކަމަށްވާ ޕްރިޔަންކާ ޗޯޕްރާއާ ބައްދަލުކުރުމެވެ. އޭނާގެ ނެށުމުގެ ކެރިއަރުގެ އިތުރުން، ސުނީތާ އަމިއްލަ ޕްރޮޑަކްޓްތަކެއް އުފައްދައި ފިހާރައެއް ވެސް ހުޅުވާފައިވެއެވެ.

އަދިވެސް ޕަރފޯމްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ސުނީތާ ބުނަނީ، ނެށުމުގެ ދާއިރާއިން ހޯދަން ބޭނުންވި ހުރިހާ ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ފޭނުންނަށްޓަކައި އަދިވެސް ޕަރފޯމްކުރަމުން ގެންދާނެ ކަމަށް ސުނީތާ ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް