ads
ފުލުހުންގެ އަސާސީ ތަމްރީނު ކޯސް 196 ފުލުހަކު ފުރިހަމަކޮށް މިރޭ ދަސްވެނިވުން
އަސާސީ ތަމްރީން ކޯސް 196 ފުލުހަކު ފުރިހަމަކޮށްފި
ދިވެހި ފުލުހުންގެ އަސާސީ ތަމްރީނު ކޯސް 196 ފުލުހަކު ފުރިހަމަކޮށް މިރޭ ދަސްވެނިވިއްޖެ އެވެ.
Advertisement

ޖުމުލަ 200 ފުލުހަކު ބައިވެރިވި ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ރޭ ދަސްވެނިވި ވެފައިވަނީ 196 ފުލުހުންނެވެެ. 

ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ވެސް ވަނީ ހަނދާނީފިލާ ދީފަ އެވެ. އެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓެބަލް ހުސެއިން ތާއިމް އެވެ. އޭނާއަށް ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑު ދީފައެ ވެ.

ހަތަރު މަސްދުވަހަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ކޯސް ފެށީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

މި ދަސްވެނިންގެ ކިބައިގައި ފުލުހެއްގެ ހުންނަން ޖެހޭ ގާބިލުކަން މިހާރު ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އެވެ.



 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް