ads
އެމްޑީޕީ ލީޑާޝިޕް
ޔުކޭ މަޝްވަރާތަކުން އެފްޓީއޭ އުނިކުރި ސަބަބު ހާމަކުރުމަށް އެމްޑީޕީން ގޮވާލައިފި
ދިވެހި ސަރުކާރުން އިނގިރޭސިވިލާތާއެކު ބާއްވާ ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ މަޝްވަރާތަކުން ރާއްޖެއިން އެ ގައުމަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ގުޅޭ ވާހަކަތައް މި އަހަރު އުނިކޮށްފައިވާތީ އެކަމުގެ ސަބަބު ހާމަކުރުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.
Advertisement

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ އިނގިރޭސިވިލާތުން އިމިގްރޭޝަން ޕޮލިސީތަކަށް ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށާއި ވިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި މަސްވެރިންނާއި މަސްވެރި ސިނާއަތުގެ މުސްތަގުބަލު ރަނގަޅު ކުރުމަށް ފެށި އެންމެ މުހިއްމު އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތްކަމަށެވެ. މިގޮތުން ކުރެވުނު މަސައްކަތުން 2020 ވަނަ އަހަރު ޑިޔުޓީ 24 އިންސައްތައިން 20 އިންސައްތަ ކުޑަވެގެންދިޔަކަމަށެވެ. އަދި ޑިއުޓޓީ މުޅީން ކަނޑާލުމަށް ބޭނުންވާ ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ވަނީ ދެ ގައުމުން އެއްބަސްވެ މަސައްކަތް ފަށާފައިކަމަށް އެމްޑީޕީން ބުނެއެވެ. 

"ފުރަތަމަ މަޝްވަރާތައް ނިމި، އިނިގިރޭސިވިލާތުގެ ސަރުކާރުން ވަނީ މި އެފްޓީއޭ އާ ގުޅޭގޮތުން އެ ގައުމުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް 8 ޖޫން 2023 ގައިހުޅުވާލާފައި. ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކުރެވިފައިވަނީ 2025 ގައި މި އެގްރިމެންޓް ތަންފީޒު ކުރުމަށް،" އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި އެގްރިމެންޓްގެ ސަބަބުން މަސްވެރި ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމަށް ގަބޫލުކުރާ އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެއާއެކު މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް އެމްޑީޕީން ބަޔާނުގައިވެެއެވެ. ރާއްޖެއިން އެކްސްޕޯޓް ކުރާ ދަޅުމަހުގެ ބާވަތްތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނައިން އެކްސްޕޯޓް ކުރަނީ އިންގިރޭސިވިލާތަށެވެ. 

އެމްޑީޕީން ބުނީ މިދިިޔަ ހަފްތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑައިލޮގުގައި ބައްދަލުވުމުގައި އފްތީއޭގެ ވާހަކަ ހިމަނާފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. 

" މި ޑައިލޮގުގައި އެފްތީއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލަން." އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ.

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ ރައީސް ސާލިހުގެ ވެރިކަމުގައި ފެބްރުއަރީ 20، 2023 ގަ އެވެ. އެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ޓްރޭޑިން ޕާޓްނަރުންގެ ގޮތުގައި ދެ ގައުމު ހަރަކާތްތެރިވުމަށް ނިންމިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް