
ފަހުމީ މިހެން ވިދާޅުވީ މި ފެށޭ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓް ޓެރިފް ރޭޓު ކުޑަކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައިވާ ކަމަށް މރޭ ވިދާޅުވާމާ ގުޅިގެން ނެވެ.
ރާއްޖޭގެ ކަރަންޓް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ވެރިއަކަށް ސަރުކާރުން އައްޔަނުކޮށްފައި ހުންނެވި ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި ކަށަވަރުވަމުންދާ ކަމަށެވެ.
ކަރަންޓު ބިލު އާންމު ގޮތެއްގައި ބޮޑުވަނީ އެންމެ ހޫނު ދުވަސްވަރު ކަމަށްވާ، މާޗު، އެޕްރީލް ތެރެ އެެވެ. އަދި ރޯދަ މަހު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އެވެ.
އެހެންވެ، މި ސަރުކާރުން ވެރިކަމާ ހަވާލުވެ، މި އަހަރުގެ ރޯދަ މަހު އަދި ޖެހިގެން އައި މަހު ވެސް ކަރަންޓު ބިލުތަކުން %10ގެ ޑިސްކައުންޓެއް ދިނެވެ.
ކޮންމެ މަހެއްގެ ވެސް ކަރަންޓު ބިލު ލިބެން ފެށުމާއެކު މުޅި ސޯޝަލް މީޑިއާ ފުރެނީ، ކަރަަންޓު ބިލު އަގުބޮޑުވެގެން އާންމު ރައްޔިތުންގެ ޝަކުވާތަކާއެކުގަ އެވެ.