ads
ޕީޖީ އައްބާސް: ވިދާޅުވީ، ހަގީގަތަކީ ފުލުހުންގެ ގާބިލުކަން އިތުރުވިޔަސް ބަޔަކު އުފެއްދި ކިލަނބު ތަސައްވުރުން އަރައިގެންފައި ނުވާކަމަށް - ފޮޓޯ: ފުލުހުން
ފުލުހުނާއިމެދު ބަޔަކު އުފެއްދި ކިލަނބު ތަސައްވަރުން އަދިވެސް އަރައިނުގަނެވޭ: ޕީޖީ
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މީގެ އަހަރުތަކެއް ކުރިން ހިންގި ހަރަކާތްތަކުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް އާންމުން ކުރި އިހުތިރާމު، ބަޔަކު އަޑީގައި ތިބިގެން ގެއްލުވައިލި ކަމަށާއި ކިލަނބު ތަސައްވުރުން އަދިވެސް އަރައިގެންފައިނުވާކަމީ އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އައްބާސް އެހެން ވިދާޅުވީ، ފުލުހުންގެ 39ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ.

އޭނާ ވިދާޅުވީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކުރެވޭ ގިނަ މަސައްކަތްތަކާ އެކު، ފުލުހުންގެ ގާބިލުކަން ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް، ފުލުހުންގެ މުއައްސަސާއާ މެދުގައި ބަޔަކު އުފެއްދި ކިލަނބު ތަސައްވަރުން އަދިވެސް އަރައިގަނެވިފައި ނުވާކަން ކަމަށެވެ.

ޕީޖީ އައްބާސް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ފެށުނު ހަރަކާތްތަކާ ގުޅިގެން، ސަލާމަތީ ބާރުތަކަށް ކުރަމުން އައި އިހުތިރާމަށް ބޮޑެތި އަސަރުތަކެއް ކުރި ކަމަށެވެ. ހާއްސަކޮށް ފުލުހުންނަށް އޮތް އިޙްތިރާމާއި ގަދަރު ގުރުބާންވެގެން ދިޔަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ފުލުހުންނަށް ތަފާތު ނަންނަމުން މުހާތަބުކޮށް ގޮވުމަކީ އާންމު ކަމަކަށް ވެގެންދިޔަ. އެކި ތުހުމަތުތައް އަޅުވައި ބަދުނާމުކުރަން ފެށި. މިއީ ކޮންމެ ސަބަބަކާ ހުރެ، ކޮންމެ ފަރާތަކުން ކުރި ކަމެއް ކަމުގައި ވިޔަސް، އޭގެ އަސަރު އެތައް ޖީލަކަށް ކުރާނެ،" ޕީޖީ އައްބާސް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންގޮސްގެން ނޫނީ ބޭނުންވާ ނަތީޖާ ހާސިލް ނުވާނެ މިންވަރަށް ފުލުހުންގެ ތަސައްވަރު މިހާރު ނުސާފުވެފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

އޭގެއިތުރުން، މި ގައުމުގައި ފުލުހުންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މޫނު ބަލާ ލޯގަނޑު ކަމަށާއި އެ ލޯގަނޑު ސާފުކޮށް، ބެހެއްޓުމަކީ ފުލުހުންގެ އެންމެ ބޮޑު ޒިންމާ ކަމަށް ޕީޖީ އައްބާސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް