ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހައްޖުވެރިންގެ ފަހު ގުރޫޕު ފުރުން: ފޮޓޯ އެމްއޭސީއެލް
ހައްޖާޖީންނަށް ހާސަކޮށް ދިރާގުން 375 ރުފިޔާއަށް 4 ޖީބީ ޑޭޓާ ރޯމިން ޕެކޭޖެއް
ހައްޖާޖީންނަށް ހާސަކޮށް ދިރާގުން 375 ރުފިޔާއަށް 4 ޖީބީ ޑޭޓާ ރޯމިން ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
Advertisement

މި ޕެކޭޖަކީ ސައުދީ އަރަބިއާއަށް ހައްޖާއި އުމްރާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ހާސަކޮށްގެން ތައާރަފުކޮށްފައިވާ ޕެކޭޖެކެވެ.

ދިރާގުން މިހާރު ތައާރަފުކޮށްފައިވާ ރޯމިން ޕެކޭޖުތައް ލިބޭނީ 46 ގައުމަކުންނެވެ. މީގެ ތެރޭގައި ދިވެހީން އާންމުކޮށް ދަތުރުކުރާ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ތައިލެންޑް، އޮސްޓްރޭލިއާ، ޗައިނާ އަދި ސައުދީ އަރަބިއާ ހިމެނެއެވެ. މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާސަކޮށްގެން އެކި މުއްދަތުތަކަށް ނެގޭނެ ގޮތަށް ކަމަށް ދިރާގުން ބުނެފައިވެއެވެ.

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ރޯމިން ޕެކޭޖުތައް ދިރާގު އެޕް އަދި މައި އެކައުންޓް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ. މި ޕެކޭޖްތައް ބޭނުން ކުރެވޭނީ ޑޭޓާ ރޯމިން އެކްޓިވޭޓްކޮށްފައިވާ ނަންބަރުތަކަށެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިރާގު ކަސްޓަމަރުންނަށް އެ ޒިޔާރަތްކުރާ ގައުމަކުން ސިމް ހޯދުމުގެ ބަދަލުގައި، މިހާރު ބޭނުންކުރާ ސިމް މެދުވެރިކޮށް ދިރާގުން ރޯމިން ޕެކޭޖެއް އެކްޓިވޭޓްކޮށްގެން ފަސޭހަކަމާއެކު ޑޭޓާ ލިބޭނެއެވެ. މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ފޮނުވަން 1,000 ކޯޓާ ލިބިފައިވާއިރު، ހޯމަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ހައްޖާޖީން ވަނީ ފުރައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް