ads
ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސްޑރ މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފި
ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުން ނިމުމަކަށް ގެންނަން މުހިންމު: ރައީސް
ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުން ނިމުމަކަށް ގެނައުން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް އިއުލާން ކުރެއްވި ގޮތުގައި އައިނަށް އާސަންދައިން ދޫކުރާ މިންވަރު 1000 ރުފިޔާއިން 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އައިނު ވިޔަފާރި ފެށުމަށް ނިންމަވާފައިވެއެވެ. 

މިހާރު ރައްޔިތުން އައިނު ހެއްދުމަށް ލެންސް ހިމެނޭގޮތަށް 4000 އާއި 6000 ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކުރަންޖެހެއެވެ. ސަރުކާރުން މިފިޔަވަޅު އަޅުއްވަނީ އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށެވެ.

"އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިގައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްހަތު." ރައީސް މުއިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި އައި.ޖީ.އެމް.އެޗާއި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމުން ރައްޔިތުންނަށް އަގުހެޔޮކޮށް ރަނގަޅު ފެންވަރުގެ އައިނު ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް