ހަސަންބެ ނިޔާވީ މިއަދު މެންދުރުގެ ވަގުތެއްގައި އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އައްޑޫގެ ހިތަދޫއަށް އުފަން ހަސަންބެ އަކީ އެރަށުގެ ފަޒާ މިސްކިތުގެ އިމާމުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައި، އައްޑޫގެ ނޫރާނީ ސްކޫލުގެ ދަރިވަރުންނަށް ގުރުއާން އުގަންނަވައި ދެއްވި ބޭފުޅެކެވެ. ގިނަ އަހަރުތަކެއް ވަންދެން ދީނީ ހިދުމަތުގައި އުޅުއްވި މި ބޭފުޅާ އައްޑޫ ހިތަދޫގެ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ޓީޗަރެކެވެ.