ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
މީހަކު ރަހީނުކޮށް ފޭރުނު މީހާ އަނެއްކާވެސް ހައްޔަރުކޮށްފި
ފިރެހެނަކު ރަހީނުކޮށްގެން އޭނާގެ އަތުން ބައި ލައްކަ ރުފިޔާ ފޭރުނު މައްސަލައިގައި މިދިޔަ އަހަރު ފަހުކޮޅު ހައްޔަރު ކުރި މީހާ، މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
Advertisement

މީހަކު ރަހީނުކޮށް، ބައި ލައްކަ ރުފިޔާ ފޭރުނު މައްސަލައިގައި މިދިޔަ އަހަރު ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމް (41އ) އާއި ސ. މަރަދޫ، ކުންނާރުގެ، އައިޝަތު މަލްޖާ މޫސާ ދީދީ (27އ) އެވެ. މީގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި މި ފަހަރު ހައްޔަރުކޮށްފައިވަނީ އިކްލީލް އިބްރާހީމްއެވެ.

އިކްލީލް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށްވަނީ 30 ދުވަސް ޖަހާފައެވެ.

ކުރީގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މަލްޖާއާއި އިކްލީލް ބައިވެރިވެގެން ވަނީ އައިޖީއެމްއެޗް ކައިރިން ފިރެހެނަކު ހުއްޓުވާ، ކޮޓަރިއަކަށް ގެންދިއުމަށްފަހު އޭނާ ރަހީނުކޮށް، އޭނާގެ ކޭޝް ކާޑުން 53،000 ރުފިޔާ ފޭރިގަނެފައިވެ އެވެ.

އެ މައްސަލައާއި ގުޅިގެން އިކްލީލްއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހަށިވިއްކުމުގެ ކުށުގެ ރިކޯޑު އޮތް އަދި އަންހެނުންނާ ގުޅިގެން ފޭރުމުގެ ކަންކަން ހިންގުމާއި، އަންހެން މީހާއާ ގުޅިގެން މި މަހު ހަ މީހެއްގެ އަތުން ފޭރުނު ކަމުގެ ތުހުމަތާއި، ފޭރުނު ރުފިޔާގެ ބޮޑު ބައެއް އޭނާގެ އެކައުންޓަށް ޖަމާކުރުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް