ads
ޝާހު އާއި ކާޖަލް--
ޝާހު، އާމިރު ހާނަށް އަންގަނީ ކާޖޮލްއާއެކު މަސައްކަތް ނުކުރުމަށް
ނަވާ ސަތޭކައިގެ އަހަރުތަކުގައި ނެރުނު ފިލްމުތަކުގައި ޝާހުރުކް ހާނާއި ބަތަލާ ކާޖޮލް މަސައްކަތް ކުރި މިންވަރު ގިނަކަމުން މިއީ ދެމަފިރިން ކަމަށް ވެސް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. މި ދެތަރިންގެ އެކްޓިން މީހުން ހިތްތަކުން ފިލައިގެން ނުދާނެހާ މޮޅަށް ދައްކުވައިދިންއިރު ކާޖަލް އާއި ޝާހު އެންމެ ފުރަތަމަ ފަހަރު ބައްދަލުވިއިރު ކަންވީ ގޮތް އެނގެނީ މަދު ބަޔަކަށެވެ.

އެކަން ހިއްސާކުރަމުން ޝާހު ބުނެފައި ވަނީ "ބާޒިގަރު" ގައި މަސައްކަތް ކުރަމުންދިޔައިރު އާމިރު ހާން ވަނީ ކާޖޮލްއާ ގުޅިގެން ސުވާލުކޮށްފައި ކަމަށެވެ. އަދި ކާޖޮލްއާއެކު މަސައްކަތް ކުރަން އާމިރު ޝައުގުވެރިކަން ފާޅުކުރުމުން ޝާހު ބުނެފައި ވަނީ އޭނާ އެހާ ރަނގަޅު ނުވާނެ ކަމަށެވެ. އަދި އެއްވެސް ވަރަކަށް މަސައްކަތަށް ފޯކަސް ނުކުރާ ކަަމަށެވެ. 

އެކަމަކު އެވާހަކަ ދެއްކި ދުވަހު ފަހުން އާމިރަށް ގުޅައި އޭރު ދެއްކުން ވާހަކައިގެ ހަގީގަތް ނޭނގޭ ކަމަށާއި ކާޖޮލް އޮން ސްކްރީންގައި ވަރަށް ބަރާބަރު ކަމަށް ބުނެފައިވާނެ ކަމަށް ޝާހު ބުނެ އެވެ.

އާމިރު ހާން އާއި ކާޖޮލް އެކުގައި ވަނީ އިޝްގް އާއި ފަނާ އިން ފެނިގެންގޮސްފަ އެވެ.

ކާޖޮލް ވެސް ވަނީ އިންޓަވިއުއެއްގައި އޭނާއާ ޝާހު، ބައްދަލުވިއިރު އެކަކު އަނެކަކަށް އެހާ ކަމުނުދާ ކަމަށާއި އެކަމަކު ފަހުން ރަހުމަތްތެރިކަމުގެ ގުޅުން އުފެދުނީ ކަމަށް ބުނެފަ އެވެ. 

ބާޒީގަރަށް ފަހު ޝާހު އާއި ކާޖޮލް ވަނީ "ކުޗްކުޗް ހޯތާ ހޭ" އާއި "ދިލްވާލޭ ދުލްހަނިއާ ލޭ ޖާއޭންގޭ" އަދި "ކަބި ހުށި ކަބި ގަމް" ގެ އިތުރުން "ދިލްވާލޭ" އިން ވެސް ފެނިގެންގޮސްފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް