
މިއަދު މެންދުރު 12:40ހާއިރު މާލެ އާއި ހުޅުޅެ އަދި ހުޅުމާލެއިން ކުއްލި ގޮތަކަށް ކަރަންޓް ވަނީ ކެނޑިފަ އެވެ. އަދި ދަރިވަރުން ސްކޫލްގައި ތިއްބައި ކަރަންޓް ކެނޑުމާ އެކު، މަދަރުސާތަކުން ވަނީ ދަރިވަރުން ގެއަށް ފޮނުވާލައިފަ އެވެ.
މިއަދު މުޅި މާލެއިން ކަރަންޓް ދިއުމުން ބައެއް ގޭ ތަކުގެ ލިފްޓްތަކުގައި ވެސް މީހުން ވަނީ ތާށިވެފައި އެވެ.
ކަރަންޓު ދިޔުމާ ގުޅިގެން މައާފަށް އެދެމުން ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، މިކަން ދިމާވީ ޓެކްނިކަލް މައްސަލައަކުން ކަމަށެވެ. އަދި އެ މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުންފުނިން ކުރަމުންދާ ކަމަށް ބުންޏެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން މާލެ އާއި ހުޅުމާލޭގެ ގިނަ ހިދުމަތްތަކެއްހެން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމްކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.
އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރު ވެފައި ވާއިރު ކަރަންޓު އަލުން ދެވޭނެ އިރެއް އަދި ސްޓެލްކޯއަކުން ނުބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ނެވެ.