ads
ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް
ބައެއް ސަރަހައްދުތަކަށް ކަރަންޓް ދޭން ފަށައިފި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ
ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ދެންމެ ބުނެފި އެވެ.
Advertisement

އެނގިފައިވާ ގޮތުގައި މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނީ ހުޅުމާލޭ އިންޖީނު ގެއަށް ދިމާވި މައްސަލައެއްގައި މާލޭ އިންޖީނުތަކަށް ބާރުބޮޑުވެގެންނެވެ. މި ކަމާ ގުޅިގެން ސްޓެލްކޯއިން ރަސްމީކޮށް ބަހެއް ނުބުނި ނަމަވެސް ވީހާ ވެސް އަވަހަށް މައްސަލަ ހައްލުކުރަން މަސައްކަތްކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މުޅި މާލެ އާއި ހުޅުމާލެ އަދި ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12 ގެ ފަހުން ނެވެ.

އެއާޕޯޓް ހިންގާ އެމްއޭސީލްއިން ދެންމެ ބުނީ މިހާރު ކަރަންޓް އެއާޕޯޓަށް ލިބިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ އޮޕަރޭޝަން މިހާރު އަލުން ފެށިފައިވާ ކަމަށެވެ.

ކަރަންޓު ކެނޑުނު ސީދާ ސަބަބެއް ސްޓެލްކޯއިން މިހާތަނަށް ހާމަނުކުރި ނަމަވެސް ވީހާ ވެސް އަވަހަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ހާއްސަ ތަހުގީގެއް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ.

ފުލުހުން މިއަދު ބުނީ، މާލޭ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން ހިނގި ގޮތް ބަލަން ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް