މި ހަފްތާތެރޭގައި ފިޔާ ކިލޯއެއް 35 ރުފިޔާއަށްވުރެ މަތީގައި ހުރި ފިޔާ މިއަދު ބާޒާރުން ވިއްކަނީ 20 ރުފިޔާއިން ފެށިގެން 25 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
މިދިޔަ އަންގާރަ ދުވަހު މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވެފައިވަނީ މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މުދާ ކްލިއާ ކުރުން ލަސްވުމުންނެވެ. މިދިޔަ ހަފްތާގައި ފިޔާ ބަސްތާއެއް ހުރީ 450 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިއަދު ފިޔާ ބަސްތާއެއްގެ އަގު 400 ރުފިޔާއަށްވުރެ ދަށަށް ވަނީ ގޮސްފައެވެ.
ފިޔާ ކިލޯއެއް މީގެ ކުރިން ވިއްކަމުން އައީ 11 ރުފިޔާއަށެވެ.
ފިޔާގެ މައްސަލަ ހައްލުކުރުމަށް އެސްޓީއޯއިން އިންޑިއާއިން ފިޔާ ސްޓޮކެއް އެތެރެކުރުމަށް ނިންމާފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.