ads
އައިޖީއެމްއެޗް ގައި މީހުން ޑޮކްޓަރަށް ދައްކަން ގޮސް - ފޮޓޯ: މިހާރު
އާންމު ބަލިތަކަށް ހަދާ 15 ކްލިނިކްގެ ތެރެއިން ފުރަތަމަ ކްލިނިކް އަންނަ މަހު ހުޅުވަނީ
ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހާއްސަ ޑޮކްޓަރުންނަށް ދައްކަން ދިގު ކިޔޫގައި ތިބެންޖެހޭ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން 15 ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކް، ނުވަތަ ޕްރައިމަރީ އާބަންކެއާ ހެލްތު ކްލިނިކްތަކެއް ގާއިމްކުރުމަށް ބަޖެޓުކޮށްފިއެވެ.
Advertisement

މިގޮތުން ފުރަތަމަ ޖީޕީ ކްލިނިކް އޮގަސްޓް މަހު ހުޅުވޭނެ ކަމަށް މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވަނީ ހާމަކުރައްވައިފައެވެ. 

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ޖެނެރަލް ޕްރެކްޓިޝަނާގެ ހިދުމަތްތައް ދެވޭގޮތަށް މާލޭގައި ހަތަރު ޖީޕީ ކްލިނިކް އަދި ހުޅުމާލޭގައި ދެ ޖީޕީ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ޖީޕީ ކްލިނިކްތައް ހުޅުވުމުގެ ސަބަބުން ބަލިމީހުން ފުރަތަމަ އެ ކްލިނިކްތަކަށް ގޮސް އިނީޝިއަލް ޑައަގްނޯސިސް ހެދުމަށްފަހު ސީދާ ކްލިނިކުން އެ ބައްޔަކާ ގުޅުން ހުރި ހާއްސަ ޑޮކްޓަރަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެ ކަމަށާއި، އޭރުން ބަލިމީހުން ވެއިޓްލިސްޓުގައި ތިބުން މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާއްސަ ޑޮކްޓަރަކަށް ނުދެއްކި ކިޔޫގައި ތިބެން ޖެހޭ މައްސަލައިގެ އެއް ސަބަބަކީ ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ޑޮކްޓަރުން މަދުވުން ކަމަށް ހަލީމް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އެއްކޮށްލުމުން 32 ސްޕެޝަލިސްޓް ހިދުމަތް ދެވޭއިރު ބައެއް ސްޕެޝަލިޓީ އޭރިއާތަކުގައި ބަލިމީހުންނަށް ފަރުވާ ދޭން ތިބެނީ އެންމެ ޑޮކްޓަރެއް ނުވަތަ ދެ ޑޮކްޓަރުން ކަމަށް ވިދާޅުވިއެވެ. މިކަން ހައްލުކުރުމަށް ސްޕެޝަލިސްޓް ޑޮކްޓަރުން ބޭރުން ހޯދަމުންދާ ކަމަށްވެސް ހަލީމް ހާމަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް