ads
އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް
އަނިޔާވެރިކޮށް މަރާލި، އަބްދުއްރަހްމާން މަރުވި ސަބަބު ހާމަކޮށްފި
އއ. މާޅޮހުގައި މަރާލާފައިވާ އަބްދުއްރަހްމާން ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް އޮޓޮޕްސީން އެނގިފައިވާކަމަށް ދިވެހި ފުލުހުން ހާމަކޮށްފިއެވެ.
Advertisement

މި މައްސަލައާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި އއ. މާޅޮހުގައި އަބްދުއްރަހްމާން ދިރިއުޅޭ ގޭގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވެއެވެ. އަނިޔާގެ ޒަހަމީ ހާލަތުގައި އޮއްވާ އަބްދުއްރަހްމާން ފެނުނީ އޭނާގެ އަންހެނުންނަށެވެ. އަދި އޭނާ ދުނިޔެ ދޫކޮށްފައިވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

ފުލުހުން މިއަދު މީޑިއާއަށް މައުލޫމާތު ދިނުމުގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން، ފުލުހުން މިވަގުތު ދަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަމުންނެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް