
މާލެއާއި ހުޅުމާލެ އަދި އެއާޕޯޓް މިއަދު ކަރަންޓު ކެނޑުނީ މެންދުރު 12:30 އެހާކަންހާއިރުއެވެ. މާލެއާއި ހުޅުމާލޭގެ ބޮޑުބަޔަކަށް މިހާރު ވަނީ ކަރަންޓް ދީފައެވެ. އެހެންނަމަވެސް އަދިވެސް އެއްކޮށް ކަރަންޓް ދެވިފައެއް ނުވެއެވެ.
ކަރަންޓް ކެނޑުމުން އެންވަޔަރަމެންޓް މިނުސްޓަރު ތާރިގު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ، ހުޅުމާލެ އަދި ހުޅުލެ އިން ކަރަންޓު ކެނޑުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަކަމަށެވެ.
އަދި ދިމާވި މައްސަލަ ދިރާސާކޮށް ބަލައި ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ދިމާނުވާނެގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
ކަރަންޓް ކެނޑުމުން ސަރުކާރުގެ ފަރާތުން މިނިސްޓަރު ތާރިގު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
ކަރަންޓު ދިއުމުގެ ސަބަބުން ސްކޫލު ތަކުގެ ކިޔުވުން މެދުކަނޑާލުމަށްފަހު ދަރިވަރުން ދަނީ ގެއަށް ފޮނުވާލަމުންނެވެ. އަދި ހޮސްޕިޓަލްތަކާއި އޮފީސްތަކާއި އެހެނިހެން ހިދުމަތްދޭ ތަންތަން ވެސް ހުއްޓުވުމަކަށް އައިސްފައިވެ އެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ.
ފުލުހުން ވަނީ ރައީސް އެންގެވި ގޮތަށް ކަން ހިނގައި ދިޔަ ގޮތް ބަލަމުންދާ ކަމަށް ބުނެފަ އެވެ.