
މޯދީގެ މި ދަތުރުފުޅު ވާނީ ރައީސް ޑރ. މުހައްމަދު ވެރިކަމަށް ވަޑައިގެންފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރު ފުޅެވެެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އެކުލަވާލާފައިވާ 'ހައި ލެވެލް ކޯގްރޫޕު'ގެ ބައްދަލުވުމެއް މިދިޔަ ހަފްތާގައިވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ރައީސް މުއިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މޯދީއަށް ދެއްވި ދައުވަތު އާކުރެއްވާފައެވެ.
އިންޑިއާ ނޫސްތަކުން ބުނީ ރައީސް މުއިއްޒުގެ މި ދައުވަތު ގަބޫލުކުރައްވާ މޯސީ ރާއްޖޭގެ މިނިވަން ދުވަހާއި ދިމާކޮށް ރާއްޖެއަށް ވަޑައިގަތުމަށް ނިންމާފައިވާކަމަށެވެ.
ޓައިމްސް އޮފް އިންޑިއާ ގައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީކުރަމުން އަންނަ އާ ޓާމިނަލް ހުޅުވަން ނިންމާފައިވާ 26 ޖުލައިއަކީ މޯދީ ރާއްޖެއަށް ދަތުރުކުރައްވާނެކަމަށް ބެލެވޭ ދުވަސްކަމަށެވެ. އަދި މި ދަތުރު އެޖެންޑާ ތައްޔާރުކުރަމުން އަންނަކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް މި ދަތުރާއި ގުޅޭ ގޮތުން ދެ ގައުމުގެ ރަސްމީ އިދާރާތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.