ads
ސުޕްރީމް ކޯޓް ބެންޗަށް އައްޔަންކުރަން ރައީސް މުއިއްޒު ނަން ފޮނުއްވި ސަލީމާއި ހަމީދު
ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހުގެ ކޮމެޓީއަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން އަބްދުﷲ ހަމީދާއި މުހައްމަދު ސަލީމްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން މަޖިލިހަށް ފޮނުއްވައިފިއެވެ.
Advertisement

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން މި އައްޔަންކުރަނީ އެކޯޓްގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މިދިޔަ މަހު ރައްޔިތުން މަޖިލީހުން ވަކިކުރުމަށް ފަހުއެވެ.  

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަންކުރަން ނަން ފޮނުއްވި ދެބޭފުޅުންގެ ތެރެއިން   މުހައްމަދު ސަލީމއަކީ ހައިކޯޓުގެ ފަނޑިޔާރަކެވެ. އަބްދުﷲ ހަމީދަކީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރެކެވެ. މި ދެބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފައެވެ. 

ސުޕްރީމް ކޯޓު ބެންޗުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން މުއްދަތު ހަމަވިއިރު 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންވެސް ހިމެނިވަޑައިގެންނެވިއެވެ.

ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން، ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ ބޭފުޅަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އައްޔަންކުރައްވަންޖެހެއެވެ. އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމުގެ ކުރިން، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިދިޔަ ފެބްރުއަރީ މަހު ޖޭއެސްސީން ސަސްޕެންޑް ކުރުމާ ގުޅިގެން އިސްތިއުފާ ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް