އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވައިލުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާކަމަށް ބުނެ ރައީސް މުއިއްޒު ދޮގު ތުހުމަތުތަކެއް ކޮށްފައިވާކަމަށާއި، މި ސަރުކާރުން ފްލެޓް ދިނުމަށް ނިންމާފައިވަނީ ކުރީގެ ސަރުކާރުން ގެޒެޓްގައި ޝާއިއުކުރި ލިސްޓަށްކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް މުއިއްޒުގެ މައްސަލައިގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށް ވެސް އެ ޕާޓީން މިއަދު ތުހުމަތުކުރިއެވެ.
ފްލެޓުތައް ހަވާލުކުރުން ލަސްކުރަމުންދަނީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓް ދިނުން ލަސްކޮށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުންކުރުމުގެ ނުބައި ނިޔަތުގައި ކަމަށްވެސް އެމްޑީޕީން ބުންޏެވެ.