ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި
މާލޭގައި ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
Advertisement

ފުލުހުން ބުނީ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރޭ ދަންވަރު 03:10 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ.

މި މި މާރާމާރީގައި ޒަހަމްވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނަކަށް ކަމަށާއި އެ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ. 

މި މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔރުކޮށްފައި ނުވިނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް މާލޭގައި މާރާމާރީައް އިތުރުވެ ތޫނު އެއްޗަތިން ހަމަލާދިނުންވެސް ވަނީ އިތުރުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ހުޅުމާލޭގައި ކެފޭއެއްގެ ކައިރީގައި މާރާމާރީއެއް ހިންގާ މީހެއްގެ ނޭފަތް ފަޅާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް