ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަނީ ނޭޕާލާއި އަޔާލޭންޑުގެ އިތުރުން ޔޫކްރެއިންއަށެވެ.
ޔޫކްރެއިންއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި ވަނީ ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީގެ ނަމެވެ.
އަޔާލޭންޑަށް ހިރާއްޖެއިން ކަނޑައަޅާ ހުންނަވާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަނުކުރަން ރައީސް މުއިއްޒު ފޮނުއްވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމްގެ ނަމެވެ.
ނޭޕާލަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައި ވަނީ އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާގެ ނަމެވެ.