ads
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް
ހުކުރު ވަގުތު ފްލައިޓް ޖެއްސުން މަނާކުރަން ޖެހޭ: މެމްބަރު އިބްރާހިމް
ހުކުރު ދުވަހުގެ ވަގުތު ރާއްޖެއަށް އެއްވެސް ފްލައިޓް ޖެއްސުން މަނާކުރަން ޖެހޭކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު، އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަދަނީ އުދުހުންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ ރައީސް ނާސިރުގެ ވެރިކަމުން ފެށިގެން ރައީސް މައުމޫންގެ ވެރިކަން ނިމެންދެން ހުކުރު ދުވަހު ހުކުރު ވަގުތު ރާއްޖެއަށް ފްލައިޓް ޖެއްސުން މަނާކަމަށެވެ. އެ ނިންމުން ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައިކަމަށް މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވިއެވެ. 

މި ނިންމުމުގެ ސަބަބުން އެއާޕޯޓްގެ 31 ޑިޕާޓްމަންޓަކުން 2780 މުވައްޒަފުންގެ ހުކުރު ގެއްލިފައިވާކަމަށާއި އެކަން އެގޮތަށް މިހާރުވެސް ހިނގަމުން އަންނަކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން މަދަނީ އުދުހުންތަކުގެ ގާނޫނަށް އިސްލާހެެއް ހުށައަޅުއްވަން ބޭނުންކަމަށް ވިދާޅުވެ މެމްބަރު، އިބްރާހިމް މުހައްމަދު ވިދާޅުވީ ހުކުރު ވަގުތު ފްލައިޓް ޖެއްސުން މަނާކުރަން ޖެހޭކަމަށެވެ. 

"އިއްޒަތްތެރި ރައީސް، މުސްލިމުންނަކީ ހުކުރު ދުވަސް އީދެއްގެ ގޮތުގައި ފާހަގަކުރާ އަދި މުހިންމު އަޅުކަމެއް، ހުކުރު ނަމާދު ފާހަގަކުރަމުން ގެންދާ ބައެއް، އަދާ ކުރަމުން ގެންދާ ބައެއް. އެހެންވީމާ ކުރީގައި މި ދެންނެވި ލާދީނީ ސަރުކާރުގެ ފަރާތުން މި ބަދަލުކޮށްފައި އޮތް އޮތުން ހުކުރު ގަޑީގެ ހުރުމަތްތެރިކަން ގެއްލޭ ގޮތަށް މަތިންދާބޯޓު ޖައްސާ ގޮތަށް އޮތް އޮތުން ކުރީގައި އޮތް ގޮތަށް އަލުން އިއާދަވާނެ ގޮތަށް މި ގާނޫނަށް އިސްލާހެއް ހުށަހެޅިގެން ދިޔުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިރައްޔިތުން ވަރަށް އެދޭނެ ކަމެއް ކަމުގައި ހަނދާންކޮށްލަ ދެން،" އިބްރާހިމް ވިދާޅުވިއެވެ.

މެމްބަރުން އިބްރާޙިމް މިހެން ވިދާޅުވި ނަމަވެސް މައުމޫނުގެ ވެރިކަމުގައިވެސް ހުކުރު ދުވަހުގެ ހުކުރު ވަގުތު ރާއްޖެއަށް މަތިންދާބޯޓު ޖައްސާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް