ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް، ނައިބު ރައީސް ހުސެއިން އާ ބައްދަލުކުރައްވަނީ: އޭނަ މާލެ ވަޑައިގެންނެވީ ރޭގައި - ފޮޓޯ؛ ރައީސް އޮފީސް
ނައިބު ރައީސް އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައިފި
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާ ބައްދަލުކުރައްވައިފި އެވެ.
Advertisement

މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް އާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސަލާމަތީ ގުޅުން ބަދަހި ކުރުމާއި ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރި ކަމަށް އެ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މި ބައްދަލުވުމުގައި، ތިމާވެށި ރައްކާތެރި ކުރުމަށާއި މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމުން ހިއްސާކުރާ ލަޑުދަނޑިތަކާމެދު ނައިބު ރައީސް އަދި ރިޗާޑް މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.  

އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ ގޮތުގައި ވެސް ހުންނެވި ރިޗާޑް މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އެވެ.

ގައްސާން ގެ އިތުރުން އެމްއެންޑީއެފް އަދި ފޮރިން މިނިސްޓްރީގެ އިސްވެރިން ވެސް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވި އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް