
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އދ. އަތޮޅު ކައުންސިލުން ފެށުމާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންނަށް އެ އަތޮޅުން މިހާރު ހިދުމަތް ލިބޭނެ ކަމަށެވެ.
އދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ގާއިމްކޮށްފައިވާއިރު، ޑީއެންއާރުން ވަނީ ބ. ދަރަވަންދޫ އާއި އޭދަފުށީ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތްވެސް ފަށާފަ އެވެ.
މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އައިޑީ ކާޑުގެ ހިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިހާތަނަށް އެކި އަތޮޅުތަކަށް އެ ހިދުމަތް ތައާރަފުކޮށްފައިވެ އެވެ.
ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައިވެސް މި ހިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ހިދުމަތްތައް ދޭން ފެށި ފުރަތަމަ ގައުމަކީ މެލޭޝިއާ އެވެ.