ads
ސްޓެލްކޯގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގުން: ފައިލް ފޮޓޯ
ކަރަންޓު ކެނޑުނު މައްސަލައިގައި ޖިނާއީ ކުށުގެ ތުހުމަތު
މާލެ އާއި ހުޅުމާލެއިން އާދިއްތަ ދުވަހު 5 ގަޑިއިރަށް ކަރަންޓު ކެނޑުނު މައްސަލައިގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭތީ އެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށް ބުނެފިއެވެ.
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭގޮތަށް މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައަކީ ޖިނާއީ ތުހުމަތެއް ކުރެވިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ގ، އެ އިދާރާއިން އަބަދުވެސް އަމަލުކުރާ އުސޫލުގެ ދަށުން ޖިނާއީ ކަމެއްގެ ތުހުމަތެއް ކުރެވުމުން، އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. 

"ޖިނާއީ މައްސަލައެއްގެ ގޮތުގައި ތުހުމަތު ނުކުރެވޭނަމަ އެ ތަހުގީގެއް ކުރިއަށް ނުގެންދާނެ،" ކަމަށްވެސް ފުލުހުން އޮފީހުން ބުނެފައިވެއެވެ.

މިހާރު ހިންގަމުންދާ ތަހުގީގުގައި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މުޅި މާލެ އެއްކޮށް ބްލެކްއައުޓް ވާން މެދުވެރިވީ ކީއްވެގެން ކަމެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމާ ގުޅިގެން ހާއްސަ ތަހުގީގެއް ހިންގުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވަނިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް