ads
ޕޮލިސް މައި އޮފީސް
މޫނު ބުރުގާ އަޅައިގެން ވަގަށްނެގި 67،500 ގެ ގަޑި ވިއްކާލީ 10،000 ރުފިޔާއަށް
މޫނު ބުރުގާ އަޅައިގެން އަންހެނެއްގެ ގޮތަށް ހެދި މީހަކު ފިހާރައަކަށް ވަދެ ވަގަށް ނެގި 67،500 ރުފިޔާގެ ގަޑިއެއް 10،000 ރުފިޔާއަށް ވިއްކާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މިހާރު ފުލުހުން ވަނީ އެ ގަޑި ގަތް މީހާގެ އަތުން ގަޑި ހޯދާފައެވެ.

އޮމެގާ ބްރޭންޑުގެ ގަޑި ވަގަށް ނެގި މައްސަލާގައި އައްޑޫ ހުޅުދޫ، އަބުލަޣީގޭ، މުހައްމަދު ސިމާދު ހައްޔަރުކުރުމަށްފަހު ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކޮށްފައިވެއެވެ. ސިމާދަކީ މީގެ ކުރިން ވެސް މަސްތުވާތަކެތި ވިއްކުމާއި، ކައުންޓަފީޓް ފައިސާ ގެންގުޅުމާއި، ސައިކަލް ވަގަށް ނެގުމާއި، ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ މައްސަލަތަކުގައި ރެކޯޑު އޮތް މީހެކެވެ.

ސިމާދު ބުރުގާ އަޅައިގެން ފިހާރަތެރެއަށް ވަދެ ގަޑި ވަގަށް ނެގި މަންޒަރު ސީސީޓީވީއަށް އަރާފައިވެއެވެ. ހަމަ އެހެންމެ، ސިމާދު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެކަމަށް ބުނެ ބަންދުކުރުމުގެ ހުއްދަ ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް