
އެމެރިކާގެ ނިއުޔޯކްގައި މިއަދު އޮތް އިންތިހާބުގައި އދ ގެ 80 ވަނަ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު އޭޝިއާ ޕެސިފިކް ގްރޫޕުން ދެން ލިބުނީ ލުބުނާން އާއި ބަންގްލަދޭޝްގެ އިތުރުން ސައުދީއަރަބިއްޔާ އަދި ޓިމޯލެސްޓޭ އަށެވެ.
މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ ފަސް ގައުމު ވެސް ނައިބު ރައީސުންގެ ގޮތުގައި ހިމެނޭނެ އެވެ. އެއީ ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާ އެވެ.
އާންމު މަޖިލީހުގެ ނައިބު ރައީސުންގެ ތެރޭގައި ރާއްޖެ ހިމެނުމުން ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެހެން ބައިވެރިންނާ އެކު އާންމު މަޖިލީހުގެ 80 ވަނަ ސެޝަނަކީ ކާމިޔާބު ސެޝަނެއް ގޮތަށް ކަށަވަރު ކުރުމަށް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އދ ގެ އާންމު ޖަލްސާގައި ނައިބު ރައީސްކަން ކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް މި އަހަރު ލިބުން ވަރަށް ހާއްސަ ކަމަށެވެ. ސަބަބަކީ މި އަހަރަކީ އދ ގެ މެންބަރު ގައުމަކަށް ރާއްޖެ ވީތާ 60 އަހަރު ފުރޭ އަހަރު ކަމަށްވުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ސަރަހައްދުން މީގެ ކުރިން އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނުން ވެސް ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކޮށްފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ރާއްޖެ ވަނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފަ އެވެ.