ads
ދިވެހި ހައްޖުވެރިންނާއި ރައީސް ބައްދަލު ކުރައްވަނީ
ހައްޖަށް ޖަހާ ވެކްސިނާއި ބޭސް ހިލޭ ދޭން ނިންމައިފި
ދިވެހިން ހައްޖަށްދާއިރު ޖަހަން ޖެހޭ ވެކްސިނާއި ހައްޖަށް ގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކޮށްލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

your imageދިވެހި ހައްޖާޖީންނާ ރައީސް ބައްދަލުކުރައްވަނީ 

ހައްޖުވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށެވެ. އަދި ހައްޖަށް ދާން ޖަހަންޖެހޭ ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައިވެސް  ރައީސް މުއިއްޒި ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް