
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ވަޑައިގެން ތިއްބެވި ރައީސްގެ ދެ ކަނބަލުން މިއަދު ވަނީ މައްކާގައި ދިވެހިން ތިބި ހޮޓަލަށް ޒިޔާރަތްކުރައްވާ ހައްޖުވެރިންނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ދިވެހި ހައްޖާޖީންނަށް ހައްޖުގެ މަތިވެރި އަޅުކަމުގެ ކަންކަން ވީ އެންމެ ފުރިހަމައަށް ތަރުތީބު ކޮށްދެއްވުމަށްކަމަށެވެ. އަދި ސައުދީ ސަރުކާރުން ރާއްޖެއާ ދޭތެރޭގައި ބާއްވަނީ ވަރަށް ގާތް ގުޅުމެއްކަމަށް ވިދާޅުވެ މިފަހަރު ހައްޖަށް ސައުދީ ސަރުކާރުން ދިވެހިންނަށް ކޮށްދިންކަންކަން ފާހަގަކުރެވިއެވެ.
އެގޮތުން މިނާގައި ދިވެހި ހައްޖުވެރިން ތިބޭނެ ޓެންޓުތައް ކުރިއަށް ވުރެ މާ ފަސޭހަ އަދި އެ ތަން "މަތީ ކެޓަގަރީއަކަށް" ސައޫދީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އޭގެއިތުރުން މި ފަހަރު ހާއްސަ ކްލިނިކެއް ވެސް ހަމަޖެހިގެން ގޮސްފައިވާކަމަށާއި އެއީވެސް ހަމަ ސައޫދީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކީގައި ވަރަށް އިސްކަމެއް ދެއްވައިގެން ކޮށްދެއްވި ކަމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ދިވެހި ހައްޖުވެރިންނާ ރައީސްގެ ދެ ކަނބަލުން ބައްދަލުކުރައްވަނީ
މިއަހަރު ރައްޖެއިން ހައްޖަށް ދިޔަ 1000 މީހުން މިވަގުތު ތިބީ މައްކާގައެވެ. ދިވެހި ހުރިހާ ހާޖީންގެވެސް ހާލު ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަންއިން ބުނެއެވެ.