ads
ކަނޑުވެފައިވާ ޓޫރިސްޓުންތަކެއް ސަލާމަތްކުރަނީ: ފައިލް ފޮޓޯ
ރާޅު 5 ފޫޓަށް އުފުލުން އެކަށީގެންވޭ: މެޓް
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރުމާއެކު ރާޅުގެ އުސްމިން 5 ފޫޓަށް އުފުލުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
Advertisement

މެޓް އޮފީހުން ދީފައިވާ މައުލޫމާތުގައި މޫސުން އެންމެ ގޯސްވާނެ ސަރަހައްދަކީ އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނުގައި ކަމަށް ވިދާޅުވިއެވެ.

މޫސުމާ ބެހޭ މައުލޫމާތުގައި ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދިނެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުންޏެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދުނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގުގެ ވިއްސާރައެވެ. ހުޅަނގު މޫސުމުގެ ހަތަރުވަނަ ނަކަތް ރޯނު ޖޫންމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި، ރޯނު ނަކަތުގައި ކަނޑު ގަދަވެފައި ވިއްސާރަކުރާނެކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. ރޯނު ނަކަތުގައި ވިއްސާރައަކީ ގަދަ ވިއްސާރައެއް ކަމަށާއި ދެން އޮތީ ޖޫންޖުލައިގެ ގަދަ ވިއްސާރަ ނުވަތަ މިއަހެލި ނަކަތް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް